މެމްބަރު ޒަރީރަށް ހަމަލާދިން 2 މީހަކު ހައްޔަރުކޮށްފި

d889922c-f1b8-46a5-8264-b02f88168b01

މާލޭގެ ކެފޭއެއްގެ ތެރޭގައި ހުންނަވަނިކޮށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަތިވެރި ދާއިރާގެ މެމްބަރަށް ހަމަލާދިން މައްސަލައިގައި ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ 21 އަހަރާއި 22 އަހަރުގެ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މެމްބަރު ޒަރީރަށް ކެފޭތެރެއަށް ވަދެ ހަމަލާދީފައި ވަނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުން ފުރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *