އަމީނީ މަގު ސެގްމަންޓް 5 ގެ ބައެއް މަސައްކަތްތައް ނިމިއްޖެ

FvmSt72aEAcknDC

އަމީނީ މަގު ސެގްމަންޓް 5 ގެ ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށް އާޜްޑީސީން ބުނެފިއެވެ.

އާޜްޑީސީން ބުނީ، އަމީނީ މަގުގެ ސެގްމަންޓް 5 ގެ ކޭބަލް ޓްރޭ އަދި ސެޓްލްމަންޓް ޓޭންކްގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، އަދި ސެގްމަންޓް 6 ގައި ނަރުދަމާ ހޮޅި އަޅައ، ނަރުދަމާ ޕަމްޕިންގ ހޮޅި އަދި މައި ފެން ހޮޅި އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ.

މީގެއިތުރުން ސެގްމަންޓް 7 ގައި މިހާރު ކުރިޔަށްދަނީ ސްޓޯމް ވޯޓަރ ސިސްޓަމްގެ ބައެއް މަސައްކަތްތައް ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

އަމީނީ މަގުގެ ހައި ވޮލްޓޭޖް ކޭބަލް އަދި ކުރީގެ ހޮޅިތައް ގިނަވުމުން ބޭނުންވާ އަވަސް މިނުގައި މަސައްކަތް ނިންމާލުމަށް މިވަގުތުވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައި ކަމަށްވެސް އާރްޑީސީން ބުނެއެވެ.

އަމީނީ މަގުގެ ހެދުމުގެ މަޝްރޫއު 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އެޅުމަށްފަހު ހުޅުވާލާފައި ވަނީ ސެގްމަންޓް 1،2،3 އެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *