ޔާމީން ލޯންޑާކުރި 3.4 މިލިއަން ޑޮލަރު ހޯދަން ޕީޖީން ހައިކޯޓަށް!

Raees-Yaameen

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޯދި މަންފާ ކަމަށް ބުނާ 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ނަގައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި މަހުގެ 7 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން ރައީސް ޔާމީން އަތުން ދައުލަތަށް ނެގުމަށް ހުށަހަޅާފައި ވަނީ ލޯންޑަރ ކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމު ކުށާއި، ފައިސާ ލޯންޑާ ކުރި ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒުކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *