ސްވީޑަންއަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް: މިނިސްޓަރ ޝާހިދު

FwB0760WAAAZsRk

އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވުމަށް ސްވިޑެންއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި އިންޑޯ ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެއިތުރުން މި ދަތުރުފުޅާއެކު ދިވެހިރާއްޖެ އާއި އިންޑޯ ޕެސިފިކް ސަރަޙައްދާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތްް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ. މިގޮތުން ސްވިޑެން، އިންޑޮނޭޝިއާ، ލެޓްވިއާ، ފިންލޭންޑް، ކްރޮއޭޝިއާ، ސްރީލަންކާ، ސިންގަޕޫރު އަދި ޔޫކްރެއިންގެ ފޮރިން މިނިސްޓަރާ މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *