މ.މަޑުއްވަރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

FwE4uMPaUAIeGQI

މ.މަޑުއްވަރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 38,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 54,093 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18,578.60 ކިއުބިކް މީޓަރުގެ އިތުރު ސާމާނު ފުންކުރުމާއި، 111,471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 600 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 122 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން މަޝްރޫއަށް 48.19 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *