ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާކުރަން ހަވާލުކޮށްފި

6dc593cc-717c-4e16-bcd7-437a1092c33d

ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާކުރުމަށް އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އާބަންކޯއިން ހަވާލުކޮށްފިއެވެ.

އާބަންކޯއިން ބުނީ، ހުޅމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާ ކުރުމަށް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކުރެވިފައި ކަމަށެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި އަލް މަދީނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަންއެވެ.

މި އެއްބަސްވުމުގެ ދަށުން އިންސްޓިޓިއުޓެއް ބިނާކުރާނީ ހުޅުމާލޭގެ ފޭސް 1 ގައި ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *