ސަރަނގު އާދަމް މަނިކުގެ ތާއީދު ރައީސް ސޯލިހުއަށް

FwFCFwdaAAEjKmi

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސަރަނގު އާދަމް މަނިކް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަރަނގު އާދަމް މަނިކް ވިދާޅުވީ، ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށާއި، ރިޔާސީ އިންތިހާބު ރައީސް ސޯލިހުއަށް ކާމިޔާބުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސަރަނގު އާދަމް މަނިކް ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ. ނަމަވެސް އިންތިހާބު ރައީސް ސޯލިހު ކާމިޔާބުކުރުމުން އެމަނިކުފާނު ފަހަތަށް ޕާޓީގެ މެމްބަރުން އަރަން ޖެހޭ ކަމަށް ސަރަނގު އާދަމް މަނިކު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *