މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ: މިހާރު ކުރިއަށްދަނީ ކޯޒްވޭއާ ގުޅޭ މަގުތައް ހެދުން

މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށްގެންދަނީ -- ފޮޓޯ؛ އެމްޓީސީސީ

ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ މަގުތައް ހެދުން ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ކޯޒްވޭ އާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި ސައިޓް އެޅުމުގެ މަސައްކަތް ކަމަށެވެ.

މިކޯޒްވޭ އަޅަނީ މަޑަވެއްޔާއި ހޯޑެއްދޫ ދެމެދުގައި އޮންނަ ގދ.ހާދު ކިޔާ ކުޑަ ފަޅުރަށް ހުރަސްކޮށެވެ. އެގޮތުން 223 މީޓަރުގެ ބްރިޖަކުން ގދ.މަޑަވެއްޔާއި ގދ.ހާދޫ ގުޅާލުމަށްފަހު، 160 މީޓަރުގެ ބްރިޖަކުން ގދ.ހާދޫ އާއި ގދ.ހޯނޑެއްދޫ ގުޅާލާނެއެވެ.

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގ، އަދި މަގުބައްތިއާ މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޮއި ދެމޭގޮތައް ޒަމާނީ ގޮތަކަށް ފަރުމާކޮށް ހަދާ މި ކޯޒްވޭގެ މަސައްކަތައް 84.17 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *