ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށްފަހު އަނބުރާ ގެންގޮސްފި!

313014_3_da0ef5d4d4cae9fd1edf5c2c69d5241b99d32b94_large-1140x630

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ އުފެއްދި އިއްތިހާދުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްފަހު އަނބުރާ ގެންގޮސްފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ ލިޔެކިޔުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ އިތުރުން އިތުރުން އަދި ބައެއް މެމްބަރުން ސޮއިކުރައްވަން ބޭނުންވާ ކަމަށް ބުނެއެވެ.

މީގެއިތުރުން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވެއްދި އިރު "ފިކުރެއްގެ ދިރުން" އަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ސޮއި ނުކުރާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ އެކުލަވާލާފައިވާ އިއްތިހާދުގައި ހިމެނޭ މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުޅޭ ކަމަށް މެމްބަރ އަލީ ހުސެއިން ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އާޒިމްވެސް ވަނީ ހިޔާލުތަފާތުވުންތައް އުޅޭ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *