މެމްބަރ ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހޯދަނީ

Ibrahim_Abdulla_792278a673

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ފުލުހުން ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގައްބަރޭ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

ގައްބަރޭ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓައި ކަމަށްވެސް ފުލުހުން ބުނެއެވެ،.

މެމްބަރ ޒަރީރަށް ހަމަލާދީފައި ވަނީ މާލޭ ކެފޭއެއްގައި ހުއްޓާ ފަސް މީހުންގެ ގްރޫޕަކުން ކެފޭ ތެރެއަށް ވަދެއެވެ. އޭނާއަށް ހަމަލާ ދީފައި ވަނީ މަރުތެލި ބޭނުން ކޮށްގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *