އެމްޑީޕީގެ މެމްބަރުކަމުން އަލީ އާޒިމް ވަކިކޮށްފި

uCa1fbIaDc9XKN2T07Qy

ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގައި ހިމެނޭ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ މެމްބަރު ކަމުން ވަކިކޮށްފިއެވެ.

އާޒިމް އެމްޑީޕީން ވަކިކުރަން ނިންމީ މިއަދު ބޭއްވި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

އާޒިމްއަށް ފިޔަވަޅު އަޅައި އެމްޑީޕީން ވަކިކޮށްފައި ވަނީ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު ސޮއިކުރުމާ ގުޅިގެން އަދި އިދިކޮޅުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވުމުންނެވެ.

މިގޮތުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ ޕާޓީގެ 16 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ރިއާޔަތްކުރުމަށްފަހު، އެ މާއްދާ އާ އާޒިމް ހިލާފުވެވަޑައިގެންފައިވާ ކަމަށާއި،  އެއް އަހަރުދުވަސް ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށާ، އެ މުއްދަތަށް ފަހު، އަލުން ޕާޓީއަށް ސޮއިކުރެއްވޭނީ އާ 100 މެމްބަރުންގެ ސޮޔާ އެކު ކަމަށެވެ.

މީގެއިތުރުން ފަސް އަހަރުދުވަހުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް ޕްްރައިމަރީއެއްގައި ނުވަތަ މަގާމަކަށް ވާދަނުކުރެއްވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *