މިނިސްޓަރ ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

FwQWGb6aMAM0RTu

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ޓޯކިޔޯގައި ކުރިޔަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިންމު ހިއްސާއެއް ވެދޭ ގައުމެއްކަން ފާހަގަކޮށް، ރާއްޖޭގެ ތައުލީމީ ދާއިރާގައާއި، ޢުމްރާނީ ތަރައްގީއަށާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީތަކަށްޓަކައި، ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގާތް ރަހްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ޓޯކިޔޯގައި މިހާރު ކުރިއަށްދާ މިއުނިކް ލީޑާސް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *