ރައީސްއަށް ވަގަށް ގޮވި މުގުނީ މަގާމުން ވަކިކޮށްފި

big_z5EdZUAh0jgXrOH4OqpyxVsOm

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އެޅުވި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން މުގުނީ މަގާމުން ވަކިކޮށްފިއެވެ.

ރައީސް ސޯލިހު އާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ވައްކަމުގެ ތުހުމަތު އަޅުވައި މުގުނީ ޓުވީޓް ކުރައްވާފައިވާއިރު، އެ ޓުވީޓް އޭނާ ވަނީ މާ ގިނައިރުތަކެއް ނުވަނީސް ޑިލީޓް ކޮށްލާފައެވެ.

މި ޓުވީޓާ ގުޅިގެން ރައީސް އޮފީހުން ވަނީ މުގުނީގެ ޓުވީޓްގެ މައްސަލަ ބަލައި، ސިޔާސީ މުވައްޒަފުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ނިންމައި އޭނާ މަގާމުން ވަކިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *