ފުލުހަކަށް ހަމަލާދިން 4 މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި

polis

ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންނަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބަންދުގެ މުއްދަތު ޖަހައިދީފިއެވެ.

ރޭ ހުޅުމާލޭގައި ހަމަލާ ދީފައި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓަކަށް ކަމަށްވާއިރު، އޭނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި އޭނާއަށް ހަމަލާދިން ހަތަރު މީހުން ފުލުހުން ކުރި ބުރަ މަސައްކަތުން ރޭ ވަނީ އަތުލައިގަނެފައެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން، 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 42 އަހަރާއި 44 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް އަދި، 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *