ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

Nafiu_ce602d1a8b

ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) ކަމަށާއި، ޢަބްދުއްނާފިޢު އިބްރާހިމް މެއި 21 ވަނަ ދުވަހުގެރޭ ގެއިން ނުކުތް ގޮތަށް ވީނުވީ ތަނެއް ނޭނގިގެން  އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައްގައި ކަމަށެވެ.

ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި، ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯދިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ޢަބްދުއްނާފިޢު އިބްރާހިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *