އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

eva-majlis-1-p8aw1997ffa9f7y722olvjpv6saas63csx780idhm8

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ.

މަޖިލީހުގެ ނައިބްރައީސް ކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕީޖީން ހުށަހަޅާފައިވަނީ އެ ޕާޓީން އީވާ ވަކިވެ، އާ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާތީއެވެ.

މަޖިލީހުގެ ނައިބްރައީސްކަމުން އީވާ ވަކިކުރަން ބޭނުންވަނީ 44 ކަމަށްވާއިރު، މި މައްސަލަ މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައި ވަނީ ވެސް 50 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.

Leave a Reply

Your email address will not be published. Required fields are marked *