އަމީނީ މަގުގެ އިތުރު 4 ސެގްމަންޓްގައި ބުރާސްފަތި ދުވަހު ތާރުއަޅަނީ

IMG_20230215_000122_661-scaled

އަމީނީ މަގުގެ އިތުރު ހަތަރު ސެގްމަންޓްގައި ބުރާސްފަތި ދުވަހު ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް

އާއްޑީސީން ބުނީ، އަމީނީ މަގުގެ ސްޓެލްކޯއިން ފަށައިގެން ބިލަބޮންގް ސްކޫލާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ތާރު އަޅަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަމީނީ މަގުގައި 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން ސެގްމަންޓް 1،2،3 ގައި މިހާރު ވަނީ ތާރު އަޅައި ނިންމައި ބޭނުން ކުރަން ފަށާފައެވެ.. އަދި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށާނީ ސެގްމަންޓް 4،5،6،7 ގައެވެ.

މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް މަގުގެ ފަސްގަނޑު ހަރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އަދި މަގުގައި ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް ވެސް ނިމޭނެކަމަށް އާރްޑީސީން. ބުނެއެވެ.

އަމީނީ މަގުގެ ސެގްމަންޓް 4،5،6،7 ގައި އެއް ދުވަހުން ތާރު އަޅައި ނިންމަން އާރްޑީސީން އަމާޒު ހިފާފައިވާއިރު، އެ ސެގްމަންޓްތައް ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ހަރުކޮށް، މަގުތަކުގައި ލައިޓް ހަރުކޮށް، ޓްރެފިކް ނިޝާންތައް ކުރަހާ ނިންމުމަށްފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *