ރ،އިންނަމާދޫގެ ފެނުގެ ނިޒާމު ޓެސްޓުކޮށް ކޮމިޝަންކޮށްފި

Fw4RjSqaEAE6fU4

ރ.އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކޮމިޝަންކޮށް ޓެސްޓުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އާރުއޯ އިމާރާތް އަޅާ ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ، އެއިިން އުފައްދާ ފެން ރައްކާކުރުމަށް 290 ކިއުބިކް މީޓަރުގެ 2 ތާންގީއާއި ވާރޭފެން ރައްކާކުރުމަށް 1010 ކިއުބިކް މީޓަރުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މީގެއިތުރުން މަޝްރޫޢުގެ ދަށުން އެރަށުގައި 8.33 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅާ، ސަރުކާރު މުއައްސަސާތަކާއި ގެތައް ހިމެނޭގޮތަށް 215 ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މި މަޝްރޫއަށް 50،7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *