ފ.ނިލަންދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

Fw4yTcTagAM0O0T

ފ.ނިލަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދުއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 510 ދުވަސް ތެރޭ ނިންމުމަށް 61.75 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުނ،ް 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 6,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 261 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 237 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި މޫރިންގ ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 100 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 204 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަ ތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބާރުބޮޑުވެފައިވާ ނިލަންދޫ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބ،ި ކޮންކްރީޓް ޖެޓީއެއް އިތުރުކުރެވ،ި ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ބަނދަރު ތަރައްޤީވުމާއެކު، މުސްތަޤުބަލުގައި ނިލަންދޫ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *