ދަނޑުވެރިކަމުގެ %70 ވައުދު ސަރުކާރުން ފުއްދައިފި: އަލީ ނިޔާޒް

JL774JkNVOhoq9XVM9Eer5yOL61Pgn7fGmc0xyYL

ދަނޑުވެރިކަމުގެ 70 އިންސައްތަ ވައުދު މި ސަރުކާރުން ފުއްދައިދީފައިވާ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ދަނޑުވެރިކަމުގެ މެނިފެސްޓޯގައި ހުރި 70 އިންސައްތަ ކަންތައްތައް ވަނީ ސަރުކާރުން ހާސިލްކޮށްދީފައި ކަމަށާއި، އެހެންކަމުން މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލްވެފައިވާ ކަމަށެވެ.

ދަނޑުވެރިކަމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް އަލިއަޅުވާލައްވާ އަލީ ނިޔާޒް ވިދާޅުވީ، މޯލްޑިވްސް އެގްޒިބިޝަން ޕްރޮގްރާމް ހއ، ހދ އަދި ށ އަތޮޅުގައި 2020 ވަނަ އަހަރު ސަރުކާރުން ފަށާފައިވާއިރު، މިކަމުގެ ސަބަބުން 6،000 ގޭބިސީއަށް ފައިދާވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދަނޑުވެރިން ތަމްރީން ކުރުމާއި، އައިލޭންޑް ފޯރަމް ތައްޔާރު ކުރުމާއި، ދަނޑުވެރިންނަށް އެހެން ވިޔަފާރިވެރިންނާ ދިމާވުމުގެ ފުރުސަތު ފޯރަމްގައި ހުޅުވާލެވިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ފެން ދޭ ނިޒާމު ގާއިމުކުރުން: ދަނޑުވެރިކަން ކުރުމުގައި އިރުގެ ހަކަތަ ބޭނުންކުރާ ފެން ދޭ ނިޒާމް ތައާރަފްކޮށް، އިރިގޭޝަން ޕްރޮގްރާމް ރ.ފައިނުގައި ފެށިފައިވާ ކަމަށާއި، ދަނޑުތަކަށް ފެން ޖެހުމަށް ބިމުން ޕްރެޝަރުގައި ފެން ނެގުމުގެ ސަބަބުން ފެން ފަށަލައަށް ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ފައިނުގައި ވަނީ އިންފިލްޓްރޭޝަން ގެލެރީއެއްވެސް ގާއިމު ކޮށްފައި ކަމަށް އަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.

"ދަނޑުވެރިކަމަށް އިމްޕޯޓް ކުރަމުން އައި 191 އައިޓަމުން ސަރުކާރުން ވަނީ އިމްޕޯޓް ޑިއުޓީ ކަނޑައި ދީފައި. ކުޑަ ބިންކޮޅެއްގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރުމަށް އެހީތެރިވުމުގެ ގޮތުން ފެނުގައި ގަސް އިންދާ ނިޒާމުތައް ހަތަރު ރަށެއްގައި ވަނީ ގާއިމުކުރެވި، ކަމާ ގުޅޭ ތަމްރީން ފޯރުކޮށްދެވިއްޖެ. ފާއިތުވި ހަތަރު އަހަރު ތެރޭގައި ދަނޑުވެރިން ތަމްރީން ކުރުމަށް 40 ރަށުގައި ޕްރޮގްރާމްތައް. ވަނީ ހިންގައި، ހާހަކަށްވުރެ ގިނަ ދަނޑުވެރިންނަށް ވަނީ ތަމްރީން ކުރެވިފައި. އަދި އެގްރޯނެޓާއެކު 731 ދަނޑުވެރިން ސޮއިކޮށްފައިވާއިރު، 450 ދަނޑުވެރިން ވަނީ އެގްރޯނެޓަށް ތަކެތި ވިއްކަން ފަށާފައި" އަލީ ނިޔާޒް ވިދާލުވިއެވެ.

ގދ،ހޯނޑެއްދޫ އަދި ތ.ކަނޑޫދޫގައި ޑްރިޕް އިރިގޭޝަން ނިޒާމު ވަނީ ގާއިމުކޮށްފައިކަން ފާހަގަކުރައްވާ އަލީ ނިޔާޒް ވިދާޅުވީ، އިރުގެ ހަކަތަ ބޭނުންކުރާ ފެން ދޭ ނިޒާމު ބޭނުންކުރެވޭނެ ނެޓްވޯކެއް ހދ.ނޭކުރެންދޫ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ މިހާރު ކުރިޔަށް ކަމަށެވެ.

ދަނޑުވެރިންގެ ނަފާ ލޯން ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރުދުން، އަމިއްލަ ފަރުދުން ފިޔަފާރި، އަމިއްލަ ކުންފުނި، ޕާޓްނާޝިޕ،ް ކޯޕަރޭޓިވް، އެންޖީއޯ އަށް ރަހުނު ނުބަހައްޓައި އެއް ލައްކަ ރުފިޔާ ނެގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް މިހާރު އެއް ލައްކަ ރުފިޔާ އިން އެއް މިލިއަން ރުފިޔާއަށް ލޯނު ނެގޭ ގޮތަށް ބަދަލުކުރެވިފައިވާކަންވެސް އަލީ ނިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން އަލީ ނިޔާޒް ވިދާޅުވީ، ލޯން ޕްރޮގްރާމްގެ 30 އިންސައްތަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށް ކަމަށާއި، ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން އުފައައްދުމަށް ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި، ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން އަދި ގަހުގެ ނާސަރީފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ ކަންކަމަށް ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *