ހއ.ހޯރަފުށީ މަގު ހެދުމުގެ ބޮޑުބައެއް ނިމިއްޖެ

Fw9ITJragAAqqmj

ހއ.ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށާއި، އަދި، ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ 95 އިނަސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11,114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *