ފ.ދަރަނބޫދޫ ބަނދަރު ރައީސް ސޯލިހު ހުޅުވައިދެއްވައިފި

FxIJN6CaYAIUBb6

ފ.ދަރަނބޫދޫ ބަނދަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހު ފ.އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަރަނބޫދޫއަށް ވަޑައިގެން ރައީސް ބަނދަރު ހުޅުވައިދެއްވީ މިއަދުއެވެ.

ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލާފައެވެ. އަދި 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ވަނީ ހަރުކޮށްފައެވެ.

ދަރަނބޫދޫ ބަނދަރު ހެދުމަށް 38.2 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *