ދަރަނބޫދޫގެ ކަންކަން ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް ކުރިޔަށް ގެންގޮސްދެއްވާނަން: ރައީސް

FxIc4MYaMAM2XA0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދަރަނބޫދޫގެ ކަންކަން ދަރަނބޫދޫގެ ޒުވާނުން ބޭނުންވާ ގޮތަށް ކުރިޔަށް އޮތް ތަނުގައިވެސް ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލު ކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ދަރަނބޫދޫގެ ރައްޔިތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ވަޒީފާއާއި ގުޅޭ މައްސަލަތަކާއި، ކުޅިވަރުކުޅޭނެ ދަނޑެއް ނެތުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިވާނޭ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތުން ހިމެނެއެވެ.

​ދަރަނބޫދޫގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރުން ވެފައިވާ މައިގަނޑު ވަޢުދުތައް ފުއްދިފައިވާކަމަށާއި، އަދި އިތުރަށް ބޭނުންވެފައިވާ ކަންކަން ބަޖެޓުން ޖާގަ ހޯދައިގެން ކުރިޔަށް ގެންދެވޭނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި ދަރަނބޫދޫއަށް ފަހު ދެން ވަޑައިގަންނަވާނީ މަގޫދޫއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *