އާރްޓީއެލް ނިޒާމުން އަންނަ އަހަރު މުޅި ރާއްޖެ ގުޅާލެވޭނެ: އަސްލަމް

file_rcnu8l

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުން އަންނަ އަހަރު މުޅި ރާއްޖެ އެއްކޮށް ގުޅާލެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފ.މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުރެމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު އާރްޓީއެލް އިން މުޅި ރާއްޖެ ގުޅާލުމަށް ކަމަށާއި، ރާއްޖެ ތަރައްގީކުރަން ބޭނުންވާ މިސްރާބަށް އޭރުން ދެވޭނެ ކަމަށެވެ.

ރަށްރަށް ތަރައްގީވާނެ ގޮތް އެނގޭކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު އެ ރަށެއްގައި ޚިދުމަތެއް ލިބޭއިރު، ދެން ހުރި ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތަށް ވާޞިލުވެވޭނެ ގޮތްވެސް ބަލާ ކަމަށެވެ. އަދި މި ރަށުގެ އިގްތިސާއި އެރަށުގެ އިގްތިސާދު ގުޅުންވަންޖެހޭނީ ކިހިނެއްތޯވެސް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރްޓީއެލްގެ ހިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ދައުރު ނިމުމުގެ ކުރިން ހުވަދޫ އާއި އައްޑޫ ސިޓީގައި ހިދުމަތް ފަށާނެއެވެ. އަދި މިހާރު ހއ، ހދ. ށ އަދި ޅ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް އަންނަނީ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *