ގދ.ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

FxOWcl4aEAEOuaQ

ގދ.ތިނަދޫ ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން ފަށައިފިއެވެ.

މިއަދު ތިނަދޫ ފްލެޓް ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައި މަގުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله އެވެ.

ތިނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީން ކުރަމުން އަންނައިރު، ދެވަނަ ފިޔަވަހީގައި ބޮޑު 14 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 6.5 ކިލޯ މީޓަރު މަގު ތާރު އަޅައިގެން އާރްޑީސީން ހަދާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރާނެއެވެ.

މި މަޝްރޫއަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ

Leave a Reply

Your email address will not be published. Required fields are marked *