ނ.ވެލިދޫ ދޯނި އެހެލާ ސަރަަހައްދު ތަރައްގީކުރުމުގެ މަސައްކަތް ނިމިއްޖެ

FxNPR9RaEAEf0gc

ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ. .

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއަށް 18.39 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން 5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، ހިއްކި ސަރަޙައްދުގެ 138,247 އަކަ މީޓަރުގެ ބިންގަނޑު އެއްވަރުކޮށް، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާފައިވާ ކަމަށެވެ.

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކ،ު ވެލިދޫ ރައްޔިތުންނަށް ދޯނި އެހެލުމަގައާއި ސަފާރީ އެހެލުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *