ފެން ޕްލާންޓް ފަޅައިގެން ނުދޭ، މައްސަލަ ހައްލުކުރެވިއްޖެ: އެމްޑަބްލިއުއެސްސީ

img_md_202003230953361584939216.8782 (1)

އެމްޑަބްލިއުއެސްސީގެ ފެން ޕްލާންޓް ފަޅައިގެން ގޮސްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެން ޕްލާންޓް ހިމެނޭ ސަރަހައްދުގެ މަގު މަތީގައި ފެން ބޮޑުވެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެން އުފައްދާ ނިޒާމުގައި ހިމެނޭ ޗެމްބަރ އެއް އޯވަރ ފްލޯވެގެން ކަމަށާއި، މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.

އެމްޑަބްޑަބްލިއުއެސްސީގެ ފެން ޕްލާންޓް ހިމެނޭ ސަރަހައްދުގެ މަގުމަތީގައި ފެންބޮޑުވީ ފެން ޕްލާންޓް ފަޅައިގެން ގޮސްގެން ކަމަށް ފަތުރަމުން އަންނަ ހަބަރު އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *