ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ 86 އިންސައްތަ ނިމިއްޖެ

FxWbvXpacAA-bc7

ޏ.ފުވައްމުލައް އެތެރޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށް އެމްޓިސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ފުވައްމުލަކުގެ އެތެރޭގެ މަގު ހެދުމުގެ މަޝްރުއުގެ ދަށުން ސަބް ބޭސް އެޅުމުގެ 92 އިންސައްތަ ނިމިފައިވާ ކަމަށާއި، އަދި ސަބްގްރޭޑް އެޅުމުގެ 66 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ.

ސައިޓުގައި މިހާރު ކުރިޔަށްދަނީ ތާރު އެޅުމުގެ މަސައްކަތާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27,450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަށް 302.72 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *