މައްސަލަ ހައްލުކޮށް، ފޭސް 2 ގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

34917228-4aad-452f-a71c-02fc328dd1b5

ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް ސްޓެލްކޯއިން ކަރަންޓު ދީފި އެވެ.

ސްޓެލްކޯއިން ބުނީ، ފޭސް 2 އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

މިގޮތުން ސްޓެލްކޯއިން ވަނީ ވަގުތުން ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި، ފޭސް 2 ގެ ބޮޑު ސަރަހައްދަކަށް މާގިނައިރުތަކެއް ނުވަނީސް ކަރަންޓް ދީފައެވެ. އަދި އެކޭބަލާއި ގުޅިފައިވާ ހިޔާގެ ޓަވަރު 1 އިން 8 އަށް އަލުން ކަރަންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ދޮޅުގަޑިއެއްހާއިރު ހޭދަކޮށްފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *