އއ.އުކުޅަސް ބަނދަރު ހެދުން: އެއްގަމުތޮށިލުމާއި، ހާބަރު ޕޭވްމަންޓް ހެދުން ނިމިއްޖެ

FxblZBRaQAIJ3Yf

އއ.އުކުޅަސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމާއި، ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، އުކުޅަސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ 97 އިންސައްތަ ނިމިފައިވާއިރު، ހާބަރ ޕޭވްމަންޓް ހެދުމާއި އެއްގަމުތޮށިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަށް 40.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *