ނ.ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީން ފަށައިފިއެވެ.
މިއަދު ހޮޅުދޫގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މޫސާ އަލީމަނިކު އާއި މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ފާތިހު އަދި ކައުންސިލްގެ އިސް ބޭފުޅުންނެވެ.
މި މަޝްރޫއުގެ ދަށުން 3.4 ކިލޯ މީޓަރުގެ މަގު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނީ ފެން ހިންދާ ނިޒާމުގެ އިތުރުން މަގު ބައްތި ޖަހައިގެންނެވެ.
މި މަޝްރޫއަށް 71 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާރްޑީސީން ބުނެއެވެ.
Post Views: 91