ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމައިފި

big_gIcYNJGM6tEB0W5xCerBkdY1Y

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް އެދި ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވާ 1،225 ކުދިންނަށް ލޯނު ދޫކުރުމަށް ނިންމަވާފައިވާ ކަމަށާއި، މިއާއެކު މި ސަރުކާރުން މިހާތަނަށް ސްޓޫޑެންޓް ލޯން ދޫކުރި އަދަދު 3،211 އަށް އަރާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ހުޅުވާލި 720 ސްޓޫޑެންޓް ލޯނުގެ ފުރުސަތަށް މުއްދަތު ހަމަވިއިރު 1،507 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މިގޮތުން އޭގެ ތެރެއިން ޝަރުތު ހަމަވާ 1،225 ދަރިވަރުންނަށް ލޯން ދޫކުރުމަށް މިވަނީ ނިންމާފައެވެ.

މިފަހަރު ސްޓޫޑެންޓް ލޯން ހަޔަރ އެޑިއުކޭޝަނުން ހުޅުވާލީ ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *