މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަށް ރިއްފަތު އެދިވަޑައިގެންފި

e-s7mp7veaelmph-1-876x584

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތުގެ އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަށް އޭޖީ އެދިވަޑައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ރިއްފަތުއަށް ލިބޭ ހައްގުގެ ދަށުން ލިޔުމުން ޖަވާބުދާރީވި ނަމަވެސް، ލިޔުމުން ޖަވާބުދާރީވުމުން އެކަމުގައި އިޖުރާއީ ސުވާލުތައް އުފައްދައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލަ ކުރިޔަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ލަފަޔަކާއެކު ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެފައި ވަނީ މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަމުންދާތީ ރައްޔިތުންނަށް ތަފްސީލުކޮށް ހާމަކޮށްދިނުމުގެ ގޮތުން ކަމަށް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ރިއްފަތު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *