ސްޓޫޑެންޓް ލޯނުގައި ޕައިލެޓްކަން ކިޔެވުމުގެ 479 ފުރުސަތު

7c92ace7-53f6-481f-8f04-99f7bd952b92

ސްޓޫޑެންޓް ލޯނުގައި ޕައިލެޓްކަން ކިޔެވުމަށް 479 ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމްް ހަސަން ވިދާޅުވީ، ޕައިލެޓްކަން ކިޔަވާ 479 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި މީގެ ކުރިން ސްޓޫޑެންޓް ލޯނު ނަގާފައިވާ 24 ދަރިވަރަކު ޓޮޕްއަޕް ލޯނުގެ ގޮތުގައި ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީއަށް ހެޔޮ ބަދަލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމުމުން އަންނާނެ ކަމަށައި، މީގެ ފައިދާ އެތައް ގޮތަކުން ރައްޔިތުންނަށް ކުރާނެ ކަމަށްވެސް ޑރ. އިބްރާހިމްް ހަސަން ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަނުން ހުޅުވާލި 720 ސްޓޫޑެންޓް ލޯނުގެ ފުރުސަތަށް މުއްދަތު ހަމަވިއިރު 1،507 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މިގޮތުން އޭގެ ތެރެއިން ޝަރުތު ހަމަވާ 1،225 ދަރިވަރުންނަށް ލޯން ދޫކުރުމަށް ނިންމާފައިވާކަން ރައީސް ސޯލިހު ރޭ ވަނީ އިއުލާން ކުރައްވާފައެވެ.

މިފަހަރު ސްޓޫޑެންޓް ލޯން ހަޔަރ އެޑިއުކޭޝަނުން ހުޅުވާލީ ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *