މާރާމާ މާރީއެއް ހުއްޓުވައި، ފުލުހުން އެކަކު ހައްރުކޮށްފި

2de05a13-1f1d-4369-9f5c-39cf4de21f32

މާލެ ސިޓީގައި ރޭ ބަޔަކު ހިންގި މާރާމާރީއެއް ފުލުހުން ހުއްޓުވައި، އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ މަޖީދީ މަގު ޑައިނަމޯ ކައިރިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅެނިކޮށް ހައިވިޒިބިލިޓީ ފުލުހުން އެމީހުން ހުއްޓުވައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މި މާރާމާރީ ހިންގަން މަސައްކަތްކުރި ބައެއް ބީހުން އެމީހުން ދުއްވި ސައިކަލުވެސް ދޫކޮށްލުމަށްފަހު ވަނީ ފިލާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މާރާމާރީ ހިންގަން މަސައްކަތްކުރުމަށްފަހު ފިލި މީހުން ދުއްވި ސައިކަލު ބެލުމުގެ ދަށަށް ނަގައި، އެމީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *