އައްޑޫއަށް ބޮޑު ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

Screenshot 2023-06-03 at 18.09.27

އައްޑޫއަށް ބޮޑު ބަދަލެއް ގެންނާނެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއުގެ ދަށުން، އައްޑޫއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިކަމަށް ލޯނު ހޯދާފައި ވަނީ އިންޑިއާގެ އެކްޒިމް ބޭންކުންނެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ ރަށްތަކަށް ބިން އިތުރުކުރުމުގެ އިތުރުން، ރިސޯޓު ހަދަން ފަޅުތެރެއިން ތިން ރަށެއް އުފައްދާނެ އެވެ. އަދި, ހަންކެޑެ ކައިރިން ލިންކު ރޯޑު ވަކިކުރުމަށް ފަޅުތެރެއިން މިހާރު ވަނީ ބައެއް ހިއްކާފައެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި، 40 ހެކްޓަރުގެ ސަރަހައްދަކާއި، މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދަކާއި، ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށް އަދި ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިއްޖެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *