އާބަންކޯއިން ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރ ނިމުމަކާ ގާތަށް

f5d88503-2420-4dee-909a-87197a8dc826

އާބަންކޯއިން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ދގ. ތިނަދޫގައި ގާއިމްކުރަމުންދާ ޑީކޯ ޗެމްބަރގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް މިދިޔަ މާޗު މަހު ފަށާފައިވާއިރު، މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެކެވެ.

މިގޮތުން އާބަންކޯގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ތިންވަނަ ޑީކޯ ޗެމްބަރއެވެ.

ހުވަދޫ އަތޮޅުގައި މި ޗެމްބަރ ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ. އަރބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *