ރ.އުނގޫފާރު މަގު ހެދުން: ދުވާރު ހެދުން ނިމުމަކާ ގާތަށް

Fxxc3I0aMAARLrp

ރ.އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ދުވާރު ހެދުމުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، އަދި ދުވާރު ހެދުމުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، މި މަޝްރޫއަކީ 20.42 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *