ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބިޔަ މަޝްރޫއު ރައީސް ފަށްޓަވައިދެއްވައިފި

22db66eb-6e45-4cab-97b9-fd19e1e85797

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަށްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރެވިގެންދާއިރު، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނިގެންދާނެއެވެ.

މީގެއިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރު އަދި ފަޔާ ސްޓޭޝަނާއި، މަގު ތަކާއި ޕާކިން ސަރަހައްދުތައް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ފްލައިޓުތައް ރާއްޖޭގެ ދެކުނަށް އޮޕަރޭޓް ކުރުމަށް މަގުފަހިވެ، އެ ސަރަހައްދުތަކުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރު ކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *