ގްރޭޓާމާލޭގެ އެމަޖެންސީ ބެކަޕް ޕަވަރ ޕްލާންޓުގެ މަސައްކަތް ނިންމާލައިފި

d24307a9-09a6-40f2-8746-689473a4e9b2

ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރ ޕްލާންޓުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފިއެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭ ބައު އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރ ޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް ކަމަށާއި، މި ޕަވަރޕްލާންޓަކީ، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން، ކުންފުނިން އަތޮޅުތެރޭގައި އަދި ގްރޭޓާމާލޭގެ އިންޖީނުގެތަކުގެ ތިބި، މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މިއީ ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރު ކަމަށައި، މި އެމާޖެންސީ ޕަވަރ ޕްލާންޓާއެކު ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާރހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *