އަމީނީމަގުގައި އަލަށް ތާރު އެޅި ސެގްމެންޓްތަކުގައި ފިނިޝިންގ މަސައްކަތް

Fx2GqrzaIAAbwHm

އަމީނީ މަގުގައި އަލަށް ތާރު އެޅި ސެގްމަންޓްތަކުގައި ފިނިޝިންގ މަސައްކަތްތައް ކުރިޔަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، އަމީނީމަގުގައި އަލަށް ތާރު އެޅި ސެގްމެންޓްތަކުގެ ދުވާރުގެ ފިނިޝިންގ މަސައްކަތްތަކާއި މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އާރްޑީސީން އަލަށް ތާރު އަޅާފައި ވަނީ ސްޓެލްކޯއިން ފެށިގެން އަމީނީ މަގު އޮޑިގައްލާ ކެފޭއާ ހަމައަށެވެ. މިގޮތުން އެ ސަރަހައްދުގައި އެންމެ ފަހުގެ މަސައްކަތައް ކުރިޔަށްދާއިރު، އާންމުންނަށް ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ކުރަހައި ނިންމުމަށްފަހުއެވެ.

އަމީނީ މަގުގައި 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން ސެގްމަންޓް 1،2،3 ގައި މިހާރު ވަނީ ތާރު އަޅައި އާންމުންނަށް ހުޅުވާލާފައެވެ. އަދި އަލަށް ތާރު އަޅާފައި ވަނީ ސެގްމަންޓް 4،5،6،7 ގައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްގީކުރާއިރު، މި މަޝްރޫއަށް 84.4 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *