ހދ.ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

Screenshot 2022-12-12 175938

ހދ.ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ހަނިމާދޫ ބަނދަރު ހެދުމުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށައި، މިހާރު ކުރަމުންދަނީ ހާބަރ ޕޭވްމަންޓް ހެދުމާ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކަމަށެވެ.

ހަނިމާދޫގައި ކުރިން ބޭނުން ކުރަމުންއައީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އެ ބަނދަރު ހަލާކުވެ ރަށަށް އަންނަ ފަރާތްތަކަށް އަރާ ފޭބުމަށް އުނދަގޫތައް ކުރިމަތިވަމުންދިޔައެވެ. އަދި ބަނދަރުގެ މަސްމާރުކޭޓާ ތެލާ ފެން އެޅުމަށް އޮންނަ ސަރަހައްދުގެ އެއްގަމު ތޮށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އައު ބަނދަރާއެކީ ބަނދަރުގެ ދިގުމިން 1200 ފޫޓަށް އިތުރުވާނެއެވެ. އަދި ފުޅާމިން 300 ފޫޓަށް ވަނީ އިތުރުވެފައެވެ. މި މަޝްރޫޢަށް 69.05 މިލިއަން ރުފިޔާ ޙަރަދުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *