ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ކުރިޔަށް ގެންދަވަނީ ބޭއިންސާފުން ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީގެ ތަރުޖަމާން މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، މިއަދުގެ ޖަލްސާގައި ރިޔާސަތުން އަމަލުކުރެއްވީ ވަރަށް ބޭއިންސާފުން ކަމަށާއި، މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާމެދު ޕީޖީ ގްރޫޕުން ކަންބޮޑުވާ ކަމަށެވެ.
މިގޮތުން މަޖިލީހުގައި މިއަދު ތަކުރާރުކޮށް ބައެއް މެމްބަރުން ގަވައިދާ ހިލާފަށް އަމަލުކުރައްވަމުން ގެންދެވިއިރު، ރިޔާސަތުން އެކަން ހުއްޓުވާފައި ނުވާ ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ރިޔާސަތުން ހުއްޓުވާފައިވަނީ އެމްޑީޕީގެ ވާހަކަތައް ކަމަށެވެ.
Post Views: 60