ހދ.ކުރިނބީ ބަނދަރު ހަދަން ސައިޓު މޯބިލައިޒްކޮށްފި

Fx7s88BaMAE052d

ހދ.ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓު މޯބިލައިޒްކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ކުރިނބީ ބަނދަރުގެ މަޝްރުއުގެ މަސައްކަތް ފެށުމަށް މިދިޔަ އާދީއްތަ ދުވަހު ޕްރޮޖެކްޓް ސައޓް މޯބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ޤާއިމުކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއަށް 40.56 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *