ނަޝީދުގެ މައްސަލަ 54 ސޮޔާއެކު މަޖިލީހަށް ވައްދައިފި

314025_3_c7155e60e5a47e2db6417a776f3104499c108de1_large-rKC8U5

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މިއަދު ވައްދައިފިއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕީޖީން އިއްޔެ ނިންމާފައިވާއިރު، މައްސަލަ މިއަދު މަޖިލީހަށް މައްސަލަ ހުށަހެޅީ 54 މެމްބަރުންގެ ސޮއި ހަމަކޮށްގެންނެވެ.

މިގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ 50 މެމްބަރުންގެ ސޮއިގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ ސޮއިކުރައްވާފައެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 22 ސޮޔެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ކުރުމަށް އެ ދުވަހު ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓުން ފާސްވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *