އެމްޑީޕީއާ ގުޅުނު 2،500 މީހުންގެ ފޯމް ޗެއާޕާސަންއާ ހަވާލުކޮށްފި

7f481164-4fce-48b7-8738-f042ef530c16

އެމްޑީޕީއާ އަލަށް ގުޅުނު 2،500 މީހުންގެ މެމްބަރޝިޕް ފޯމް ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާ ހަވާލު ކުރައްވައިފި އެވެ.

މުޅި ރާއްޖޭގައި އެމްޑީޕީން ކުރިޔަށްގެންދިޔަ ހަރަކާތުން 12 ދާއިރާއަކުން ޕާޓީއާ އަލަށް މެމްބަރުން ވަނީ ގުޅިފައެވެ. އޭޣެ ތެރޭގައި ހިމެނެނީ މަޑަވެލި ދާއިރާ އާއި މަނަދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާ އާއި އިސްދޫ ދާއިރާ އާއި ތިމަރަފުށި ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާ އާއި ކުޑަހުވަދޫ ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާގެ އިތުރުން މިލަންދޫ ދާއިރާ އަދި ގައްދޫ ދާއިރާ އެވެ.

މެމްބަރޝިޕް ފޯމްތަކާ ހަވާލުވުމަށްފަހު މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ކުރިއެރުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، ކޮށްލި ކުޑަ މަސައްކަތަކުން އެކި ކަންކޮޅުން 2،500 މެމްބަރޝިޕް ފޯމް ލިބިފައިވާ ކަމަށާއި، މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އަދިވެސް ދާނީ ކުރިޔަށް ކަމަށެވެ.

"ބޭނުންވާ އެންމެ މަދު 3،000 މެމްބަރުން ހަމަވެގެން މަސައްކަތް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރާނަން މެމްބަރުން އިތުރުކުރަން" ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އަމާޒަކީ ކުރިން ގާނޫނާ އެއްގޮތް ނޫން ގޮތަށް އޮތް އަދަދާ ހިސާބަށް ގާނޫނީ ގޮތުން މެމްބަރޝިޕް ހަމަކުރުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *