ގައްދޫ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

big_EN1zS7YIhvizWnUVyR965iujH

ގދ. ގައްދޫގައި ތަރައްޤީކުރާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިލިކް ލަންކާއާއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ގައްދޫ ކައުންސިލާއި، ސިލިކް ލަންކާގެ ފަރާތުން ވަނީ ކޮށްފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

މި މަޝްރޫޢުގެ ތެރޭގައި އޮޕަރޭޝަންގެ 60 އިންސައްތަ މުވައްޒަފުންގެ ގޮތުގައި ދިވެހި މުވައްޒަފުން ހިމެނުމާއި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް ޤާއިމްކުރުން ހިމެނޭއިރު، ދަޅު މަސް ބަންދުކުރުމާއި، 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ޤާއިމްކުރުމާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ޤާއިމްކުރުމާއި، 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްލާސްޓް ފްރީޒަރއެއް ބެހެއްޓުމުގެ އިތުރަށް އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ގާއިމްކުރުންވެސް ހިމެނެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިޔަށްގެންދާ މި މަޝްރޫއުގެ ފައިދާ ގައްދުއާއި ހުވަދޫގެ ރަޢްޔިތުންނަށް ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *