ސާފު ހުޅުމާލެއަށް ބޮޑު ތަރުހީބެއް، ހުރިހާ އެސްއޯއީތަކުން ޝައުގުވެރިވޭ!

ad6a4789-fbd9-4c6d-816d-81c36f9b34c9

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯގެ ފަރާތުން މި ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާ ދުނިޔެ މަގޭ – ސާފު ހުޅުމާލެ މެގާ ކްލީނިންގ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާބަންކޯއިން ބުނީ، އެ ކުންފުނިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ބާއްވާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި، ސަރުކާރުގެ ގިނަ ކުންފުނިތަކާއި، މިނިސްޓްރީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށައި، އަދި މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކާއި، ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 7:30ން ފެށިގެން ޗެނަލް ޕާކު ސަރަހައްދުން ކުރިއަށްގެންދާ މި ހަރަކާތް އޯޕަނިން ސެރަމަނީ އަކުން ފެށޭއިރު، މި ހަރަކާތުގެ ތެރެއިން މުޅި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

އެގޮތުން ޖުމްލަ 7 ސަރަހައްދަކަށް ބަހާލުމަށް ހަމަޖެހިފައިވާއިރު ބައިވެރިންގެ ތެރެއިން އެ ސަރަހައްދުތަކަށް ގްރޫޕްތައް ބަހާލާނެ ކަމަށާއިމ އަދި ކޮންމެ ގްރޫޕަކަށް ވެސް ވަކި ސަރަހައްދެއް އެލޮކޭޓްކުރާއިރު، ފެނާއި، ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި، އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ލިބެން ހުންނަގޮތަށް ވާނީ ހަމަޖައްސާފައި ކަމަށްވެސް އާބަންކޯއިން ބުނެއެވެ. އަދި 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އާބަންކޯއިން ބުނީ، މި އިވެންޓުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި، މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުމުގެ މަގްސަދުގައެވެ. އަދި އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސާފުކުރުމުގެ އިވެންޓެއް ކުރިއަށްގެންދާއިރު، މި އަހަރު ތެރެއަށް ބަހާލައިގެން އެހެން ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް އާބަންކޯއިން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *