ފްރީ ޓްރޭޑް އެއްބަސްވުމާއެކު މަސްވެރިކަމަށް ފައިދާކުރާނެ: ފައްޔާޒް

268367_3_200683c2a3b45f697a52d859d8485d6efac92398_medium-1-q1f575dpbczfjarq93w146hlno4asrdv75dg25mzhs

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެންދިޔުމީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. 

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ޢާންމުކޮށް އިޢުލާން ކުރުމާ ގުޅިގެންނެވެ.

"މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. 

މީގެއިތުރުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް ގާއިމުކުރެވުމަކީ ރާއްޖޭގެ އިގުތިސާދީ ކުރިމަގަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *