އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމުންތައް ނިންމާއިރު ރައީސްއާ މަޝްވަރާކުރައްވާ: މިއުވާން

291869_f8ab0a86-3_ (1)

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމުންތައް ނިންމާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕުން ނިންމުންތައް ނިންމަވާއިރު ރައީސް ސޯލިހުއާ މަޝްވަރާ ކުރައްވާ ކަމަށާއި، އަދި ރައީސް ސޯލިހު ވަޑައިގަންނަވާނީ މެޖޯރިޓީއާ އެއްގޮތަށް ކަމަށެވެ.

"އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ހުރިހާ މެމްބަރުންނާވެސް ރައީސްއާ މަޝްވަރާ ކުރެވޭ. ހުރިހާ މެމްބަރުންނާ ރައީސްއާ އޮތް ގުޅުންވެސް ރަނގަޅު. އެބޭފުޅުންގެ އިތުބާރުވެސް ރައީސްއަށް އެބައޮތް" މިއުވާން ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީގެ ނިންމުންތައް ނިންމަނީ ރައީސްއާ މަޝްވަރާކުރެވިގެން ކަމަށް މިއުވާން ވިދާލުވެފައިވާއިރު، އެމްޑީޕީ ޕީޖީއިން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *